The Tower of Babel (Genesis 11: 1-9)
Maldivian (Dhivehi / ދިވެހި)
ބާބިލުގައި ބުރުޒު ބިނާކުރުމާއި ދުނިޔޭގެ ބަސްތަކުގެ އުފެދުން
- އޭރު ދުނިޔޭގެ އެންމެން ވާހަކަދައްކާ އުޅުނީ ވެސް އެއްބަހަކުންނެވެ.
- އިންސާނުން އިރުމައްޗާ ދިމާއަށް ދަތުރުކޮށް ދިޔަ މަގުމަތީ ޝިންޢާރުގައިވާ ބޮޑު ހަމަބިމެއް ފެނުމުން އެތަނުގައި ވަޒަންވެރިވިއެވެ.
- އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”ހިނގާ ނިކަންވަރުގަދަކޮށް ގާ އަޅަން.“ ދެން އެމީހުން އެގާތައް ތަތްކުރަން ތާރު ހޯދިއެވެ.
- އެމީހުން ބުންޏެވެ. ”ދެން ހިނގާ ރަށެއް ބިނާކުރަން. އަދި އުޑާއި ހަމަޔަށް ފޯރާވަރުގެ މުންނާރެއް ހަދަން. އޭރުން އަހަރެމެންގެ ނަން މަޝްހޫރު ވެދާނެ. ކީއްކުރަން އަހަރެމެން މުޅި ދުނިޔެއަށް ފެތުރެންވީއަކީ؟“
- މާތްރަސްކަލާނގެ އާދަމުގެދަރިން މި ބިނާކުރަމުން ދިޔަ ރަށާއި ބޮޑު އުސް އިމާރާތް ދެކެވޮޑިގަތުމަށްޓަކައި ފައިބާ ވޮޑިގެންނެވިއެވެ.
- މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”އެމީހުން އެކުވެ އެއްބަހަކުން ވާހަކަދައްކާ ހަދަމުން ގެންދޭ. މިހެން ކަންތައްތައް އޮތްއިރު އެމީހުން ކުރަން ބޭނުން ކޮންމެ ކަމަކީ އެމީހުންނަށް ނުކުރެވޭނެ ކަމަކަށް ނުވާނެ. ނަމަވެސް އެމީހުން ކަންތައް ކުރަން ފެށިގޮތް ނިކަން ދެކެބަލަ.
- ތިމަންކަލާނގެ އެމީހުންގެ ގާތަށް ވަޑައިގަންނަވާ ހުށީން. އަދި އެމީހުން ވާހަކަދައްކާ ބަސް އޮޅުވާލައްވާ ހުށީން.* އޭރުން އެމީހުންނަކަށް އެކަކު އަނެކަކު ކިޔާ އެއްޗެއް ނޭނގޭނެ.“
- މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން އެމީހުން އެތަނުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބައިބައިކޮށް ލައްވައި ބައްސަވައި ލެއްވިއެވެ. ދެން އެމީހުން އެރަށް ބިނާކުރުމުގެ މަސައްކަތް ހުއްޓާލިއެވެ.
- އެމީހުން ބިނާކުރަމުން ގެންދިޔަ ރަށަށް ބާބިލް އޭ ކިޔުނެވެ.† ބާބިލުގައި މާތްރަސްކަލާނގެ މުޅި ދުނިޔޭގެ އެންމެން ވާހަކަދެއްކުމަށް ބޭނުންކުރި ބަސް އޮޅުވާ ލެއްވިއެވެ. އަދި މީސްތަކުން ދުނިޔޭގެ އެކިތަންތަނަށް އެކަލާނގެ ބައިބައިކޮށް ލެއްވީވެސް އެރަށުގައެވެ.
Source: http://www.kithaabulmuqadhdhis.com/GEN11.htm#V0
Translation provided by Afi Fatoni
Bābilugai buruzu binākurumāi duniyēge bastakuge ufedun
- Ēru duniyēge enmen vāhakadakā uḷunī ves ebahakunneve.
- Insānun irumacā dimāaŝ daturukoŝ diya magumatī šinʕārugaivā boḋu hamabime fenumun etanugai vazanverivieve.
- Emīhun ekaku anekakaŝ bunñeve. “Hingā nikanvarugadakoŝ gā aḷan”. den emīhun egāta tatkuran tāru hōdieve.
- Emīhun bunñeve: “Den hingā raŝe binākuran. adi uḋāi hamayaŝ fōrāvaruge munnāre hadan. ērun aharemenge nan mašhūru vedāne. kīkuran aharemen muḷi duniyeaŝ feturenvīakī?”
- Mātraskalānge ādamugedarin mi binākuramun diya raŝāi boḋu us imārāt dekevoḋigatumaŝṫakai faibā voḋigennevieve.
- Mātraskalānge vaḥīkurevieve: “Emīhun ekuve ebahakun vāhakadakā hadamun gendē. Mihen kantata otiru emīhun kuran bēnun konme kamakī emīhunnaŝ nukurevēne kamakaŝ nuvāne. Namaves emīhun kanta kuran feŝigot nikan dekebala.
- Timankalānge emīhunge gātaŝ vaḋaigannavā huŝīn. Adi emīhun vāhakadakā bas oḷuvālavā huŝīn.* Ērun emīhunnakaŝ ekaku anekaku kiyā ece nēngēne”.
- Mātraskalānge vaḥīkurevi fadain emīhun etanun duniyēge eki kankoḷutakaŝ baibaikoŝ lavai basavai levieve. Den emīhun eraŝ binākurumuge masakat huṫālieve.
- Emīhun binākuramun gendiya raŝaŝ Bābil ē kiyuneve.† Bābilugai mātraskalānge muḷi duniyēge enmen vāhakadekumaŝ bēnunkuri bas oḷuvā levieve. Adi mīstakun duniyēge ekitantanaŝ ekalānge baibaikoŝ levīves eraŝugaeve.
Transliteration by Michael Peter Füstumum
Information about Maldivian |
Phrases |
Numbers |
Tower of Babel
Tower of Babel in Indo-Aryan languages
Assamese,
Awadhi,
Bengali,
Fijian Hindi,
Gujarati,
Hindi,
Konkani,
Maldivian,
Marathi,
Nepali,
Odia,
Punjabi,
Romani,
Sanskrit,
Sarnámi Hindustani,
Sinhala,
Sylheti,
Urdu
Other Tower of Babel translations
By language |
By language family
[top]
Why not share this page:
Learn languages for free on Duolingo

If you like this site and find it useful, you can support it by making a donation via PayPal or Patreon, or by contributing in other ways. Omniglot is how I make my living.
Note: all links on this site to Amazon.com
, Amazon.co.uk
and Amazon.fr
are affiliate links. This means I earn a commission if you click on any of them and buy something. So by clicking on these links you can help to support this site.
[top]